ނޮވެންބަރު 13، 2017

ހިތާމަތަކާއި ދަތިއުނދަގުލާއި ބަލިމަޑުކަން ފިލުވުމަށް ކިޔާނެ ޛިކުރު

ގިނަ ގިނައިން ކިޔަންވީ ހަ ޛިކުރެއް ސުންނަތުގައި ވާރިދުވެފައިވެއެވެ. ދުނިޔޭގެ ދިރިއުޅުމުގައި ކުރިމަތިވާ ހުރިހާ ނުތަނަވަސްކަމެއްގައި ތިބާގެ ހަތިޔާރަކަށް ހަދަންޖެހޭ މި ހަޛިކުރު ކުރުންމަތީ ދެމިހުރެއްޖެ މީހާގެ ހިތާމަތަކާއި، ހައިހޫނުކަމާއި، ބަލިމާޑުކަން ފިލައިދިޔުމާއި، ފާފަ ފުއްސެވުމުގެ ސަބަބެއްކަށް ވެގެންދާނެތެވެ.

p

އެކެއް: ކީރިތި ރަސޫލާ صلى الله عليه وسلم ގެ މައްޗަށް ޞަލަވާތް ކިޔެވުން ގިނަކުރުން

“اللَّهُمَّ صَلِّ عَلَى مُحَمَّدٍ وَعَلَى آلِ مُحَمَّدٍ كَمَا صَلَّيْتَ عَلَى إِبْرَاهِيمَ وَعَلَى آلِ إِبْرَاهِيمَ إِنَّكَ حَمِيدٌ مَجِيدٌ ، اللَّهُمَّ بَارِكْ عَلَى مُحَمَّدٍ وَعَلَى آلِ مُحَمَّدٍ كَمَا بَارَكْتَ عَلَى إِبْرَاهِيمَ وَعَلَى آلِ إِبْرَاهِيمَ إِنَّكَ حَمِيدٌ مَجِيدٌ”
އެންމެ ކުރުކޮށް ކިޔަން އެދޭ މީހަކު އެކަލޭގެފާނުގެ ނަންފުޅު ގަނެވޭހިނދު صلى الله عليه وسلم މިފައިން ކިޔާށެވެ.

ދުވާލުގެ ހުރިހާ ވަގުތެއްގައި، ތިމާ ކުރާ ހުރިހާ މަސައްކަތެއްގެ ތެރޭގައި އުޅޭހިނދުވެސް ކީރިތި ރަސޫލާ صلى الله عليه وسلم އަށް ޞަލަވާތްލެއްވުން އެދި ދުޢާކުރުން އެއީ ތިބާގެ ދޫމަތީގައި ފަސޭހަކަމާއެކު އަބަދު ކިޔަކިއި ހުންނަ ޛިކުރަކަށް ހަދާށެވެ. އޭރުން ތިބާއަށް ވަރަށް ބޮޑު ހިންހަމަޖެހުމަކާއި ނަފްސާނީ ރާޙަތެއް ލިބިގެންދާކަމުގެ އިޙުސާސް ކުރެވޭނެތެވެ.

p

ދޭއް: أَسْتَغْفِرُ اللهَ وَأَتُوبُ إِلَيْهِ

“އަޅާގެ ފާފަ ފުއްސަވައި އަޅާއަށް ތައުބާ ލައްވާނދޭވެ!”

ގިނަގިނައިން މި ޛިކުރު ކިޔުމުގެ ހެޔޮ ތައުފީޤު މާތް ﷲ ތިބާއަށް ދެއްވައިފިނަމަ ދަންނާށެވެ! ތިބާއަށް އޭގެ ހެޔޮ އަސަރު ވަރަށް އަވަހަށް ފެނިގެން ދާނެއެވެ.

p

ތިނެއް: يَا ذَا الجَلالِ وَالإِكْرَامِ

މިފަދައިން ގިނަ ގިނައިންކިޔައި ދުޢާ ކުރާށެވެ.
މި ޛިކުރު ގިނަގިނައިން ކިޔުމަކީ ދޫވެގެން ގޮސް، މީސްތަކުން ހަނދާންނެތިފައިވާ ސުންނަތްތަކުގެ ތެރެއިން ހިމެނޭ ޛިކުރެކެވެ. ކީރިތި ރަސޫލާ صلى الله عليه وسلم ޙަދީޘް ކުރައްވާފައިވެއެވެ. “ألظوا بـــ يا ذا جلال والإكرام” މާނައީ: “ގިނަގިނައިން ކިޔާށެވެ! އޭ ކީރިތިވަންތަ މާތް އިލާހެވެ!”

p

ހަތަރެއް: لَا حَوْلَ وَلَا قُوَّةَ إِلَّا بِاللهِ

“އެއްވެސް އާރެއް ބާރެއް މާތް ﷲ ގެ ވާގިފުޅާއެކުގައި މެނުވީ ނުވެއެވެ.”

މި ޛިކުރު ގިނަގިނައިން ކިޔުމަށް އެތަކެއް ޞަޙާބީންނަށް ކީރިތި ރަސޫލާ صلى الله عليه وسلم ވަނީ ވަޞިޔަށް ކުރައްވާފައެވެ. އަދި މި ޛިކުރަކީ ސުވަރުގޭގެ ޚަޒާނާތަކުގެ ތެރެއިން ޚަޒާނާއެއް ކަމުގައިވެސް ވަނީ ޙަދީޘްކުރައްވެއެވެ. މި ޛިކުރު ގިނަގިނައިން ކިޔައިފިނަމަ، މާތް ﷲގެ ޙަޟުރަތުން ތިބާއަށް ގިނަގުނަ ނިޢްމަތްތަކާއި ބަރަކާތް އޮހިގެންދާތަން ތިބާއަށް ފެންނާނެކަން ކަށަވަރެވެ.

p

ފަހެއް: “لَّا إِلَهَ إِلَّا أَنتَ سُبْحَانَكَ إِنِّي كُنتُ مِنَ الظَّالِمِينَ”

“މާތް ﷲ ފިޔަވައި ޙައްޤުވެގެން އަޅުކަންވެވޭ އިލާހަކު ނުވެއެވެ. އިބަ އިލާހުގެ ހުސްޠާހިރުވަންތަކަމާއެވެ! ހަމަކަށަވަރުން، އަނިޔާވެރިންގެ ތެރެއިން މި އަޅާވީމެވެ.”

މިއީ ބޮޑު މަހުގެ ބަޑު ތެރޭގައި އޮންނަވައިގެން ޔޫނުސް عليه السلام ކުރެއްވި ދުޢާއެވެ. މި ޛިކުރަކީ ހިތާމަތައް ނެތިކޮށްލައި، އުފާވެރިކަން ގެނެސްދޭ ޛިކުރެކެވެ.

p

ހައެއް: سُبْحَانَ اللَّهِ وَالْحَمْدُ لِلَّهِ وَلاَ إِلَهَ إِلاَّ اللَّهُ وَاللَّهُ أَكْبَرُ وَلاَ حَوْلَ وَلاَ قُوَّةَ إِلاَّ بِاللَّهِ

“ﷲ ގެ ޙުސްޠާހިރު ވަންތަކާމާއެވެ! ﷲ އަށް ޙަމްދު ހުއްޓެވެ! ﷲ ފިޔަވައި ޙައްޤުވެގެން އަޅުކަންވެވޭ އިލާހަކު ނުވެއެވެ! ﷲ ގެ މަތިވެރިކަމާއެކެވެ. ﷲ ގެ ވާގިފުޅާއެކުގައި މެނުވީ އެއްވެސް އާރެއްބާރެއް ނުވެއެވެ.”

p

ޛިކުރު ކުރުމާއި، ދުޢާ ކުރުމާއި، ރުޤްޔާ ކުރުމުގެ ފައިދާ ފެނިގެން ދާނީ ތަކުރުކޮށް ގިނަގިނައިން ކިޔުމުންނެވެ. ދުވާލުގެ އެކިވެގުތުތަކުގައި އެކިކަންކަމުގައި އުޅޭއިރު، މި ޛިކުރުތައް ކިޔުމުގައި ތިބާ ދެމިހުންނާށެވެ!
ތިބާ މާތް ﷲ ހަނދުމަކޮށް ޛިކުރު ކުރިވަރަކަށް ތިބާއަށް މާތް ﷲ ގެ ލޯބި ޙާޞިލުވެގެން ދާނެއެވެ. ތިބާ ގަދައަޅާ ދުޢާކޮށް ތަކުރާރު ކުރާނަމަ އެދުޢާ އިޖާބަވުން ގާތްވެގެންވެއެވެ. ތިބާ ޛިކުރު ކުރުން މަތީ ދެމިހުރެއްޖެނަމަ، ޝައިޠާނުން ތިބާއާއި ދުރުހެލިވެ، ޙަސަދައާއި އެސްފީނާގެ ވިހައިން ތިބާ ސަލާތްވާނެތެވެ.

މަޢުލޫމާތު ނެގީ: https://goo.gl/U7Vf9q

Copyright 2021 © Sheikh Hassan Moosa Fikree