އޮކްޓޫބަރު 25، 2017

މީސްތަކުން ކިޔައިފާނެ އެއްޗަކަށް ކަންބޮޑު ނުވުން

އަލްއިމާމުއްޝާފިޢީ رحمه الله ވިދާޅުވެފައިވެއެވެ. “މީސްތަކުންގެ ވާހަކައިން ސަލާމަތްވާނެކަމަށް ހީކުރާ މީހަކީ މޮޔައެކެވެ.”

b

މާތް ﷲ އާމެދު، އެކަލާނގެއީ (ތިންކައުވަންތަ، ތިން ފަރާތެއްގައިވާ އެއްފަރާތް) ކަމުގައި އެބައިމީހުން ބުންޏެވެ.

m

a

އަހަރުމެންގެ ނަބިއްޔާ މުޙައްމަދު صلى الله عليه وسلم އަކީ ސިޙުރުވެރިޔެކޭ މޮޔައެކޭ ބުންޏެވެ.

އެދެ ފަރާތްފިޔަވައި އެހެން މީހުންނަށް އެމީހުން އެއްޗެއް ނުކިޔާނެކަމަށް ހީކުރަނީ ހެއްެޔެވެ؟

f

މީސްތަކުންގެ ބަސްތަކުގެ މިސާލަކީ ބޮޑު ހިލައެއްގެ މިސާލެވެ.
އެ ހިލަ ތިބާގެ ބުރަކަށި މަތީގައި އުފުލާނަމަ، ބުރަކަށި ބިންދައިގެން ހިނގައިދާނެއެވެ.
ނުވަތަ އެ ހިލަ ތިބައިގެ ފައިދަށުލައި ބޮޑު ކިއްލާއެއް ބިނާކުރާށެވެ.
އެއިރުން ތިބާ ކުރިއަރައި ކާމިޔާބު ލިބިދާނެތެވެ.

q

ތިބާ ކަންބޮޑުވާންވީ މީސްތަކުން ތިބާއޭ ކަޔައިގެން ދައްކާ ވާހަކަތަކަކަށް ނޫނެވެ.
ތިބާ ކަންބޮޑުވާންވީ މީސްތަކުންވެ ވެރި އިލާހަށް ތިބާގެ ކިބައިން ފެނިދާނެ ކަންތައްތަކޭމުދުއެވެ.

Copyright 2021 © Sheikh Hassan Moosa Fikree