الحمد لله رب العالمين. الصلاة والسلام على محمد وعلى آله وصحبه أجمعين. وبعد:
މާތް ﷲ އަށް އީމާންވުމަކީ އީމާންކަމުގެ އެންމެ ފުރަތަމަ ރުކުނެވެ. އަދި އީމާންކަމުގެ އެހެން ހުރިހާ ބައިތަކެއް އެބައެއްގެ މައްޗަށް ބިނާވެފައިވާ ދީނުގެ އަސާސެވެ.
މާތް ﷲ އަށް އީމާންވުމަކީ لا إله إلا الله މާތް ﷲ ފިޔަވައި ޙައްޤުވެގެން އަޅުކަންކުރެވޭ އެހެން އިލާހަކު ނުވާކަން ހިތުން ތެދުކޮށް އެއްވެސް ޝައްކެއްނެތި ޤަބޫލު ކުރުމާއި، އެކަލިމައިގެ ސަބަބުން ލާޒިމުވާ محمد رسول الله މުޙައްމަދުގެފާނަކީ ﷲ ގެ ރަސޫލާކަމަށް އީމާންވުމާއި، މި ރުކުނުގެ ދަށުގައި ހިމެނޭ މާތް ﷲ ގެ ޙައްޤުތަކާއި ކީރިތި މުޙައްމަދު ޞައްލަ ﷲ ޢަލައިހި ވަސައްލަމަގެ ޙައްޤުތައް ފުރިހަމައަށް އަދާކުރުމެވެ.
އީމާންކަމުގެ ބައިތައް ދިރާސާކުރެވޭ ޢިލްމަކީ ތައުޙީދު ނުވަތަ ޢަޤީދާގެ ޢިލްމުވެ. މަޝްހޫރު ތައުހީދު ފޮތްތަކުގައި މާތް ﷲ އަށް އީމާންވުން ޙައްޤު ގޮތުގައި އީމާންވުމަށްޓަކައި ފުރިހަމަ ކުރަންޖެހޭ ބައިތައް ވަރަށް ތަފްޞީލުކޮށް ޒިކުރު ކުރެވިފައިވެއެވެ. والله أعلم
މިފޮތްތައް ބައްލަވާ:
http://raajjeislam.com/book/thauheedfoiy.pdf
http://raajjeislam.com/book/fundamentals_of_tawheed.pdf
http://raajjeislam.com/book/thauheed.pdf
Copyright 2021 © Sheikh Hassan Moosa Fikree