ގިނަ ލިޔުންތައް ކިޔުމަކީ ތިމާގެ ހޭލުންތެރިކަން އިތުރުކޮށްދީ، ތިމާގެ ދާއިރާގައި ކުރިއެރުމަށް އެހީތެރިވެދޭކަމެކެވެ. ނަމަވެސް ލިޔުމެއް ކިޔަންފެށުމުން ދިމާވާ އެއް އުނދަގުލަކީ ކިޔުމުގެ ލަސްކަމެވެ. ނަމަވެސް، ކިޔުމުގެ ހުނަރުވެރިކަން އިތުރުކޮށް އަވަހަށް ކިޔުމަކީވެސް ވަކި ފަންނެކެވެ. ތިރީގައި ބަޔާންކޮށްފައި މިވަނީ ކިޔުމުގެ މިންވަރު އަވަސްކުރުމަށް އެހީތެރިވެދޭ 8 ނުކުތާއެކެވެ.
1) ލިޔުމުގައި އޮންނަ ކޮންމެ ކަލިމައަކަށް ވަކިވަކިން ބެލުމުގެ ބަދަލުގައި ދެތިން ކަލިމަޔަށް އެކުގައި ބަލައިގެން ކިޔަން މަސައްކަތްކުރާށެވެ. މިސާލަކަށް ތިބާއަށް / މިކަލިމަތަކަށް ވަކިވަކިން/ މިގޮތަށް ބަލަމުން / އެކީގައި ކިޔިދާނެއެވެ.
2) ބަސްކޮށާރު މުއްސަނދިކުރުމަށް މަސައްކަތްކުރާށެވެ. އަދި ނުދަންނަ އައު ބަސްތައް އުނގެނި ދަސްކުރަން މަސައްކަތްކުރާށެވެ.
3) ކިޔާއިރު ތުންތެޅުވެންޏާ އެކަން ގަދަކަމުންނަމަވެސް ހުއްޓައިލުމަށް މަސައްކަތްކުރާށެވެ. އެގޮތުން (1) ގައި ބުނެފައިވާފަދައިން ކިޔަން މަސައްކަތްކުރާށެވެ.
4) ގިނަ ލިޔުންތައް ކިޔާށެވެ. ކޮންމެ ދުވަހަކުވެސް މަދުވެގެން 15 މިނެޓް ވަންދެން ކޮންމެވެސް ލިޔުމެއް ކިޔާށެވެ.
5) ކިޔުމުގެ މަޤްޞަދަކީ ކޮބައިކަން ރަނގަޅަށް ދެނެގަނެގެން ކިޔާށެވެ. ގިނަ ޚިޔާލުތަކާއި މަޢްލޫމާތު ހޯދުމަށް ކިޔާކިޔުމުގައި އަވަސްކޮށް މަތިމަތިން ކިޔައިލުމަކީ މައްސަލައެއް ނޫނެވެ.
6) ޢާއްމުކޮށް ކިޔާވަރަށްވުރެ އަވަހަށް ކިޔަން މަސައްކަތްކުރުމުގައި ކޮންމެ ދުވަހަކުވެސް ދެތިން މެނެޓު ހޭދަކުރާށެވެ. ކިޔުމުގައި ލޮލުގެ ހަރަކާތަށް މަގުދެއްކުމަށްޓަކައި ޝަހާދަތް އިނގިލި ޖައްސައިންގެ ކިޔާށެވެ.
7) ކިޔަމުންދާ ލިޔުމަށް ވިސްނު ޖަމާކޮށްފައި ބަހައްޓަން އުނދަގޫކަމުގައި ފާހަގަ ކުރެވޭނަމަ، ކިޔުމަށް 5 މިނެޓާއި 10 މިނެޓާ ދެމެދުގެ ވަގުތުކޮޅެއް ހޭދަކުރާށެވެ. އަދި ކުޑަހިނދުކޮޅަކަށް ކިޔުން ހުއްޓައިލުމަށްފަހު އަލުން ކިޔަންފަށާށެވެ.
8) ކިޔުމުގެ އަވަސްމިން އިތުރުކުރުމަށް ބޮޑު މުހިންމުކަމެއް ދޭން ބޭނުންވާނަމަ އެފަންނުގެ ފޮތެއް ބައްލަވައިގަންނަވާށެވެ. އެފަންނުގައި ގިނަ ފޮތްތަކެއްވަނީ ޝާއިޢު ކުރެވިފައެވެ. އެފަދަ ފޮތެއްގެ އެހީގެއި ކުރިޔަށްދާށެވެ.
މަޢްލޫމާތު ނެގީ:
http://www.coun.uvic.ca/learning/reading-skills/speed.html
Copyright 2021 © Sheikh Hassan Moosa Fikree