ޖިންނީންނާއި އިންސީންވެސް އުފެއްދެވުނީ މާތް ﷲ އަށް އަޅުކަން ކުރުމަށް ކަމުގައިވަނީ އަންގަވާފައެވެ. ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ. “وَمَا خَلَقْتُ الْجِنَّ وَالْإِنسَ إِلَّا لِيَعْبُدُونِ (56) مَآ أُرِيدُ مِنْهُم مِّن رِّزْقٍ وَمَآ أُرِيدُ أَن يُطْعِمُونِ” (الذاريات: ۵۷) މާނައީ: “ތިމަންރަސްކަލާނގެއަށް އަޅުކަންކުރުމަށް މެނުވީ ޖިންނީންނާއި އިންސީން ތިމަންރަސްކަލާނގެ ނަހައްދަވަމުއެވެ. * އެއުރެންގެ ކިބަޔަކުން ތިމަންރަސްކަލާނގެ ރިޒުޤަކަށް އެދިވޮޑިއެއް ނުގަންނަވަމެވެ. އަދި ކާންދިނުމަކަށްވެސް އެދިވޮޑިއެއް ނުގަންނަވަމަމެވެ.”
ޞައްޙަ ޢަޤީދާ އުނގެނުމުގެ މުހިންމުކަން ހާމަކޮށްދޭ ކަންކަމުގެ ތެރޭގައި:
“وَأَنَّ هَٰذَا صِرَٰطِى مُسْتَقِيمًا فَاتَّبِعُوهُ ۖ وَلَا تَتَّبِعُوا ٱلسُّبُلَ فَتَفَرَّقَ بِكُمْ عَن سَبِيلِهِۦ ۚ ذَٰلِكُمْ وَصَّىٰكُم بِهِۦ لَعَلَّكُمْ تَتَّقُونَ” (اﻷنعام: ۱۵۳) މާނައީ: “އަދި މިއީ ތިމަންރަސްކަލާނގެ ސީދާވެގެންވާ ތެދުމަގެވެ. ފަހެ، އެ މަގަށް ތިޔަބައިމީހުން ތަބާވާށެވެ! (އެނޫން) މަގުމަގަށް ތިޔަބައިމީހުން ތަބާނުވާށެވެ! (އޭރުން) އެކަލާނގެ މަގުން ތިޔަބައިމީހުން ވަކިވަކިވެގެން ހިނގައިދާނެތެވެ. މިކަންތައްތަކަށް، ތިޔަބައިމީހުންނަށް އެކަލާނގެ ވަޞިއްޔަތްކުރެއްވީ، ތިޔަބައިމީހުން ތަޤުވާވެރިވުމަށްޓަކައެވެ.”
“وَلَقَدْ بَعَثْنَا فِى كُلِّ أُمَّةٍ رَّسُولًا أَنِ ٱعْبُدُوا ٱللَّهَ وَٱجْتَنِبُوا ٱلطَّٰغُوتَ ” (النحل: ۳۶) މާނައީ: “ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ކޮންމެ އުއްމަތަކަށްމެ ރަސޫލަކު ފޮނުއްވީމެވެ. އެއީ، ﷲ އަށް އަޅުކަންކުރުމަށާއި، ބުދުތަކާ ދުރުހެލިވުމަށް އެންގެވުމަށެވެ.”
عَنْ مُعَاذِ بْنِ جَبَلٍ قَالَ قَالَ رَسُولُ اللَّهِ -صلى الله عليه وسلم- « يَا مُعَاذُ أَتَدْرِى مَا حَقُّ اللَّهِ عَلَى الْعِبَادِ ». قَالَ اللَّهُ وَرَسُولُهُ أَعْلَمُ. قَالَ « أَنْ يَعْبُدُوهُ وَلَا يُشْرِكُوا بِهِ شَيْئًا- قَالَ – أَتَدْرِى مَا حَقُّهُمْ عَلَيْهِ إِذَا فَعَلُوا ذَلِكَ ». فَقَالَ اللَّهُ وَرَسُولُهُ أَعْلَمُ. قَالَ « أَنْ لاَ يُعَذِّبَهُمْ » رواه البخاري ومسلم
މާނައީ: މުޢާޛު ބުނު ޖަބަލު ރަޙިމަހުﷲ ވިދާޅުވިއެވެ. ރަސޫލާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. “އޭ މުޢާޛެވެ! އަޅުތަކުން މާތް ﷲއަށް އަދާކުރަންޖެހޭ ޙައްޤަކީ ކޮބައިކަން އެނގިލައްވާތޯއެވެ.” މުޢާޛުގެފާނު ދެންނެވިއެވެ. މޮޅަށްދެނެވޮޑިގެންވަނީ ﷲ އާއި އެކަލާނގެ ރަސޫލާއެވެ. ޙަދީޘްކުރައްވިއެވެ. “އެއީ އެކަލާނގެއަށް އަޅުކަންކުރުމައި އަދި އެކަލާނގެއާ އެވެސް ފަރާތެއް ޝަރީކު ނުކުރުމެވެ.” ދެން އެއަށްފަހު ޙަދީޘްކުރެއްވިއެވެ. “އެމީހުން އެކަން އަދާކޮށްފިނަމަ، އަޅުތަކުންގެ މައްޗަށް ﷲ އަށްވާ ޙައްޤަކީ ކޮބައިކަން އެނގޭތޯއެވެ؟” މުޢާޛުގެފާނު ދެންނެވިއެވެ. މޮޅަށް ދެނެވޮޑިގެންވަނީ ﷲ އާއި އެކަލާނގެ ރަސޫލާއެވެ. ޙަދީޘްކުރެއްވިއެވެ. “އެމީހުންނަށް ޢަޛާބު ނުދެއްވުމެވެ.”
ކީރިތި ރަސޫލާ صلى الله عليه وسلم ޙަދީޘްކުރައްވާފައިވެއެވެ. “إِنَّ اللَّهَ قَدْ حَرَّمَ عَلَى النَّارِ مَنْ قَالَ لَا إِلَهَ إِلَّا اللَّهُ يَبْتَغِي بِذَلِكَ وَجْهَ اللَّهِ” – رواه البخاري ومسلم މާނައީ: “ހަމަކަށަވަރުން
މި އުއްމަތް އިޞްލާޙުވުން ގުޅިފައިވަނީ މިއުއްމަތުގެ ކުރީ ކޮޅުގައި އިސްވެދިޔަ ޞަލަފުއްޞާލަޙުން ހެޔޮ މަގުގައި ހިފެހެއްޓިފަދައިން، ޞައްޙަ ޢަޤީދާއެއްގެ މަތީގައި ދެމިތިބެގެންނެވެ.
Copyright 2021 © Sheikh Hassan Moosa Fikree