الحمد لله والصلاة والسلام على رسول لله وعلى آله وصحبه أجمعين ، وبعد:
ސަލާމާއި ޞަލަވާތްލެއްވި މާތް ނަބިއްޔާގެ މައްޗަށް ޞަލަވާތް ކިޔަވާނެ ގޮތް އިތުރު އެކަލޭގެފާނު އަޞްޙާބު ބޭކަލުންވަނީ އެކަލޭގެފާނުގެ އަރިހުގައި އަހާ އޮޅުން ފިލުއްވަވާފައެވެ.
أَبُو حُمَيْدٍ السَّاعِدِىُّ أَنَّهُمْ قَالُوا يَا رَسُولَ اللَّهِ كَيْفَ نُصَلِّى عَلَيْكَ قَالَ « قُولُوا اللَّهُمَّ صَلِّ عَلَى مُحَمَّدٍ وَعَلَى أَزْوَاجِهِ وَذُرِّيَّتِهِ كَمَا صَلَّيْتَ عَلَى آلِ إِبْرَاهِيمَ وَبَارِكْ عَلَى مُحَمَّدٍ وَعَلَى أَزْوَاجِهِ وَذُرِّيَّتِهِ كَمَا بَارَكْتَ عَلَى آلِ إِبْرَاهِيمَ إِنَّكَ حَمِيدٌ مَجِيدٌ ». متفق عليه
މާނައީ: އަބޫ ޙުމައިދުއް ސާޢިދީ ރަޟިޔަ ﷲ ޢަންހުގެ އަރިހުން ރިވާވެގެންވެއެވެ. އެބޭކަލުން ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމައަށް ދެންނެވިއެވެ. “އޭ ﷲ ގެ ރަސޫލާއެވެ! ކަލޭގެފާނުގެ މައްޗަށް ޞަލަވާތް ކިޔަވަންވީ ކިހިނެއްތޯއެވެ؟ ޙަދީޘްކުރެއްވިއެވެ. « اللَّهُمَّ صَلِّ عَلَى مُحَمَّدٍ وَعَلَى أَزْوَاجِهِ وَذُرِّيَّتِهِ كَمَا صَلَّيْتَ عَلَى آلِ إِبْرَاهِيمَ وَبَارِكْ عَلَى مُحَمَّدٍ وَعَلَى أَزْوَاجِهِ وَذُرِّيَّتِهِ كَمَا بَارَكْتَ عَلَى آلِ إِبْرَاهِيمَ إِنَّكَ حَمِيدٌ مَجِيدٌ ». މިފަދައިން ކިޔާށެވެ.
މާތް ﷲ ވަޙީކުރައްވާފައިވެއެވެ. (إِنَّ اللَّهَ وَمَلَائِكَتَهُ يُصَلُّونَ عَلَى النَّبِيِّ يَا أَيُّهَا الَّذِينَ آمَنُوا صَلُّوا عَلَيْهِ وَسَلِّمُوا تَسْلِيماً) (الأحزاب : 56 )
މާނައި: ” ހަމަކަށަވަރުން، اللَّه އާއި، އެކަލާނގެ ملائكة ން ނަބިއްޔާގެ މައްޗަށް صلوات ލައްވަތެވެ. އޭ إيمان ވެއްޖެ މީސްކަތުންނޭވެ! ތިޔަބައިމީހުން އެކަލޭގެފާނުގެ މައްޗަށް صلوات ލެއްވުން އެދި دعاء ކުރާށެވެ! އަދި އެކަލޭގެފާނުގެ މައްޗަށް سلام ލެއްވުންއެދި ތިޔަބައިމީހުން ގިނަގިނައިން دعاءކުރާށެވެ!”
މިއާޔަތުގެ ތަފްސީރުގައި އަލްއިމާމުލް ބުޚާރީ ރަޙިމަހު ﷲ އެކަލޭގެފަނުގެ ޞަޙީޙުގައި ރިވާކުރައްވާފައިވެއެވެ.
عَنْ كَعْبِ بْنِ عُجْرَةَ رَضِيَ اللَّهُ عَنْهُ قِيلَ يَا رَسُولَ اللَّهِ أَمَّا السَّلَامُ عَلَيْكَ فَقَدْ عَرَفْنَاهُ فَكَيْفَ الصَّلَاةُ عَلَيْكَ قَالَ « قُولُوا اللَّهُمَّ صَلِّ عَلَى مُحَمَّدٍ وَعَلَى آلِ مُحَمَّدٍ كَمَا صَلَّيْتَ عَلَى آلِ إِبْرَاهِيمَ إِنَّكَ حَمِيدٌ مَجِيدٌ اللَّهُمَّ بَارِكْ عَلَى مُحَمَّدٍ وَعَلَى آلِ مُحَمَّدٍ كَمَا بَارَكْتَ عَلَى آلِ إِبْرَاهِيمَ إِنَّكَ حَمِيدٌ مَجِيدٌ»
މާނައީ: ކަޢުބު ބުނު އުޖުރާ ރަޟިޔަ ﷲ ޢަންހުގެ އަރިހުން ރިވާވެގެންވެއެވެ. ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމައަށް ދެންނެވުނެވެ. އޭ ﷲ ގެ ރަސޫލާއެވެ! ކަލޭގެފާނުގެ މައްޗަށް ސަލާމް ކުރާނެގޮތް ތިމަންމެނަށް އޮތީ އެނގިފައެވެ. ފަހެ، ކަލޭގެފާނުގެ މައްޗަށް ޞަލަވާތް ކިޔަވާނީ ކިހިނެއްތޯއެވެ. ޙަދީޘްކުރެއްވިއެވެ. ތިޔަބޭކަލުން މިފަދައިން ކިޔުއްވާށެވެ.
« اللَّهُمَّ صَلِّ عَلَى مُحَمَّدٍ وَعَلَى آلِ مُحَمَّدٍ كَمَا صَلَّيْتَ عَلَى آلِ إِبْرَاهِيمَ إِنَّكَ حَمِيدٌ مَجِيدٌ اللَّهُمَّ بَارِكْ عَلَى مُحَمَّدٍ وَعَلَى آلِ مُحَمَّدٍ كَمَا بَارَكْتَ عَلَى آلِ إِبْرَاهِيمَ إِنَّكَ حَمِيدٌ مَجِيدٌ»
މިއަށްވުރެ ކުރު ޢިބާރާތެއް ކިޔުންވެސް ޞައްޙަވެގެންވެއެވެ. މިސާލަކަށް اللهم صلى على محمد وعلى آله وصحبه وأجمعين ފަދަކޮންމެ ޢިބާރާތެއްވެސް ކިޔުމުން ފުދޭނެއެވެ. والله أعلم
Copyright 2021 © Sheikh Hassan Moosa Fikree